ގދ ތިނަދޫގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީނާއި އެމަނިކުފާނުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އޮތް ތާއީދު ދައްކާލުމަށް މިއަދު ބޭއްވި ވެހިކަލް ބުރުގައި ބާރު ސްޕީޑްގައި ދުއްވި ލޮރީއަކުން އުމުރުން ދުވަސްވީމީހަކު ވެއްޓި އަނިޔާތަކެއް ލިބިއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އުމުރުން ދުވަސްވީ މީހާ ވެއްޓެން މެދުވެރިވީ ސްޕީޑް މަޑުކުރުމެއްނެތި ގޯޅި އެޅުމުން ކަމަށް ބެލެވެއެވެ. އެމީހާ ވެއްޓުމުންވެސް ލޮރީ މަޑުކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާ ހިނގީ އެމްޑީޕީ ޖަގަހައެއްގެ ކުރިމަތީގައެވެ. ހާދިސާގެ ފޮޓޯތަކުން ފެންނަގޮތުގައި އެމީހާގެ ބޮލަށާއި މޫނުމައްޗަށް އަނިޔާވެފައިވެއެވެ. ބޮލުން ހަން މަށައިގެން ގޮސްފައިވާކަމަށް ބެލެވެއެވެ. އެމީހާއަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަކަމުގައިވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް