ރިޔާސީ އިންތިޚަށް 29 ދުވަހަށް ވެއްޖެއެވެ. ކެމްޕޭނުގެ ފޯރި ދަނީ ގަދަވަމުންނެވެ. ކެމްޕޭންގެ ލަވަތަކާއި ބަހުސްތަކާއި ޒުވާބުތަކުން ޖައްވު ދަނީ ގުގުމަމުންނެވެ. އެއް ކެންޑިޑޭޓަށް އަނެއް ކެންޑިޑޭޓް ދަނީ ފާޅުގައި ފާޑުކިޔުއްވަމުންނެވެ. އެއް ބޭފުޅަކަށް ވުރެ މޮޅު ވައުދު އަނެއް ބޭފުޅަކު ދަނީ ވަމުންނެވެ.
މި އިންތިޚާބަކީ ތަފާތު އިންތިޚާބެކެވެ. އެކި ސަބަބުތަކާއި ހުރެއެވެ. ފެހި ގާނޫނު އަސާސީގެ ދަށުން ބޭއްވި ކޮންމެ އިންތިޚާބެއްގައި ވެސް ވާދަވެރި ސިޔާސީ ޕާޓީތަކުން ވަނީ މެނިފެސްޓޯތައް ހުށަހަޅާފައެވެ. އެހެންނަމަވެސް އިންތިޚާބަށް 29 ދުވަހަށް ވީއިރުވެސް އަދިވެސް އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓެއްގެ މެނިފެސްޓޯއެއް ނުފެނެއެވެ.
މެނިފެސްޓޯ އިއުލާން ލަސްވާ ސަބަބުތައް
ރައީސް ޔާމިން ވިދާޅުވެފައި ވަނީ މެނިފެސްޓޯ ވާނީ ސަޕްރައިޒަކަށް ކަމަށެވެ. އެއީ މިހާރުވެސް ސަޕްރައިޒެކެވެ. ސަބަބަކީ މެނިފެސްޓޯ ދާދީ އަވަހަށް އިއުލާންކުރައްވާނެކަމަށް ތަފާތު ގިނަ ފަހަރު ވިދާޅުވެފަ އަދިވެސް އެކަން ނުކުރައްވާތީއެވެ. ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު އާއި ރައީސް ޔާމިންގެ މެނިފެސްޓޯ އިއުލާންކުރުމުގައި ލަސްވާ އެއްސަބަބަކީ އެއް ބޭފުޅު ހުށަހެޅުއްވުމުން އެއަށްވުރެ މޮޅު މެނިފެސްޓޯއެއް އަނެއް ބޭފުޅަކު ހުށަހެޅުއްވުމުގެ ވިސްނުން ކަމަށް ވެދާނެއެވެ.
އަނެއް ސަބަބަކީ ކޯލިޝަންގެ މެނިފެސްޓޯ އާއި ދޭތެރޭ އަދި ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ގޮތެއް ނިންމިފައި ނެތުމެވެ. އެމްޑީޕީ ގެ މެނިފެސްޓޯ އިއުލާންކުރުމުން ކޯލިޝަންގެ ބައެއް ބޭފުޅުން އެއްބަސްނުވާ ކަންތައްތަކެއް ހުރިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ގިނަ ޕާޓީތައް ހިމެނޭ ކޯލިޝަނަކުން އިބޫ ނުކުންނަވާއިރު އަދިވެސް މެނިފެސްޓީ އާއި ދޭތެރޭ ޚިޔާލު ތަފާތުވުންތައް ހުރީ ކަމަށް ވެދާނެއެވެ.
ކޮންމެ އަކަސް އިންތިޚާބު ބޯމަތިވަމުން އަންނަ އިރު ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވައުދުނާމާއެއް އޮންނަންޖެހެއެވެ. އަދި އެ ވައުދުނާމާ ރައްޔިތުންނަށް ފެންނަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް