އިބޫ އަދި ފައިސަލަށް ތާއީދު ހޯއްދެވުމަށް އައިޝާ ފާފު އަތޮޅަށް

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދަވައިދެއްވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބް...

25 Aug 2018 | 06:22

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދަވައިދެއްވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) މިއަދު ފ އަތޮޅަށް ވަޑައިގެންފިއެވެ.

އައިޝާ މިއަދު ފ ނިލަންދުއަށް ވަޑައިގެންފައިވާއިރު ފ. ނިލަންދޫން އެކަމަނާއަށް ނޫހު މަރުހަބާއެއް ކިޔާފައިވާކަމުގައި ޖުމްހޫރީ ޕާޓީން ބުނެއެވެ.

އިދިކޮޅު ކެނޑިޑޭޓް އަދި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް އައިޝާ އަންނަނީ ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން އިއްޔެ ދ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައިވެއެވެ.

އައިޝާ ފާފު އަތޮޅަށް މިއަދު ވަޑައިގެންފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް އަންނަނީ ފާފު އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ކެމްޕޭނު ދަތުރުފުޅެއް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް