ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ޔާމީން ފ. އަތޮޅަށް ވަޑައިގެންފި

ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު ކެމްޕޭނު ދަތުރުފުޅެއްގައި ޕީޕީއެމްގެ ކެނޑިޑޭޓް އަރި މިހާރުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފ. އަތޮޅަށް ވަޑައިގެންފިއެވެ. މިއަދު...

25 Aug 2018 | 06:04

ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު ކެމްޕޭނު ދަތުރުފުޅެއްގައި ޕީޕީއެމްގެ ކެނޑިޑޭޓް އަރި މިހާރުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފ. އަތޮޅަށް ވަޑައިގެންފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ފ. އަތޮޅަށް ވަޑައިގެންފައިވާއިރު ރައީސްގެ މި ދަތުރުފުޅަކީ ޕީޕީއެމްގެ ފަރާތުން ފ އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސްކުރެއްވި ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭގޮތުގައި އެއް ދުވަހަށް ރައީސް ކުރެއްވި މި ދަތުރުފުޅުގައި ފ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ވަޑައިގަންނަވާނެއެވެ.

ރައީސް ފ އަތޮޅަށް ވަޑައިގެންފައިވާއިރު އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމާއި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް އަންނަނީ ކެމްޕޭނު ދަތުރުތައް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް