ޓީ މޯބައިލަށް ސައިބަރ ހަމަލާއެއްދީ ދެ މިލިޔަން ކަސްޓަމަރުންގެ މައުލޫމާތު ފޭރިގެންފި

މުވާސަލާތީ ހިދުމަތް ދިނުމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ޓީ-މޯބައިލަށް ސައިބަރ ހަމަލާއެއްދީ އެ ކުންފުނީގެ ދެ މިލިޔަނަށްވުރެ ގިނަ ކަސްޓަމަރުންގެ މައުލޫމާތު ފޭރިގެންފިއެވެ. އެކަން ޓީ-މޯބައިލުން...

25 Aug 2018 | 04:35

މުވާސަލާތީ ހިދުމަތް ދިނުމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ޓީ-މޯބައިލަށް ސައިބަރ ހަމަލާއެއްދީ އެ ކުންފުނީގެ ދެ މިލިޔަނަށްވުރެ ގިނަ ކަސްޓަމަރުންގެ މައުލޫމާތު ފޭރިގެންފިއެވެ.

އެކަން ޓީ-މޯބައިލުން ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ ނަން، ޒިޕް ކޯޑް، ފޯނު ނަމްބަރު، އީމެއިލް އަދި އެކައުންޓް ނަމްބަރު ތަކާއި އެކައުންޓް ޓައިޕް ހިމެނޭގޮތަށް ޑާޓާތަކެއް ހެކަރުން ވަގަށްނަގާފައިވާކަމަށެވެ.

އެ ޑާޓާތައް ވަގަށްނެގި ނަމަވެސް ބިލިންގް ޑާޓާ ނުވަތަ ފައިސާގެ މުއާމަލާތް ހިންގުމަށް ބޭނުންކުރާ އެއްވެސް ޑާޓާއެއް ހެކަރުންނަށް އަތުލައިގަނެވިފައިނުވާކަމަށް ޓީ-މޯބައިލުން ބުނެފައިވެއެވެ.

ޓީ-މޯބައިލުން ވަނީ ހެކަރުން އަތުލައިގަތް ޑާޓާއާއި ގުޅުންހުރި ކަސްޓަމަރުންގެ ލޮގިން ޑާޓާ ފަދަ މައުލޫމާތު ބަދަލުކުރުމަށް އިލްތިމާސްކޮށް އެ ފަރާތްތަކަށް މެސެޖު ފޮނުވާފައެވެ.

ޓީ-މޯބައިލްގެ ޑާޓާތަކެއް ފޭރިގެންފައިވާއިރު މި އަހަރުގެ ކުރީކޮޅުގައިވެސް އެ ކުންފުންޏަށް ހެކަރުންގެ ހަމަލާތަކެއް އަމާޒުވެގެންދިޔައެވެ. އެފަހަރު ކަސްޓަމަރުންގެ ލޮކޭޝަން ހިމެނޭ ޑާޓާތަކެއް ހެކަރުން ފޭރިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް