ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބާއްވާ ތާރީހު ކަމުގައިވާ 23 ސެޕްޓެމްބަރަށްފަހު ރައީސް ޔާމީން ހުންނަވާނީ ރާއްޖޭގައިތޯ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ސުވާލުކުރައްވައިފިއެވެ.
މަހްލޫފް މި ސުވާލުކުރައްވާފައިވަނީ އިއްޔެ ލ ގަން ފޮނަދޫގައި އިދިކޮޅު ކޯލީޝަންގެ ސައިކަލު ބުރުގެ ވީޑީއޯއެއް ޓްވީޓްކުރައްވަމުންނެވެ.
މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޝަހީމް ލ އަތޮޅަށް ވަޑައިގަތުމުން ކޯލިޝަންގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށެވެ. މިއީ ޝަހީމަށް ކޮށްލި މަލާމާތެއް ކަމުގައި ބެލެވެއެވެ. އެއީ ޑރ. ޝަހީމް ލ އަތޮޅަށް ވަޑައިގަތް ވަގުތާއި ދާދި އެއްވަގުތެއްގައި ގަން ފޮނަދޫގައި އިދިކޮޅު ކޯލީޝަންގެ ސައިކަލު ބުރެއް ބާއްވާފައިވުމުންނެވެ. އެ ސައިކަލު ބުރުގައި ގިނަ އަދަދަކަށް މީހުން ބައިވެރިވިއެވެ.
https://twitter.com/AhmedMahloof/status/1033200461002637314
އެ ޓްވީޓްގައި މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ 23 ސެޕްޓެމްބަރުގެ ފަހުން ރައީސް ޔާމީން ހުންނަވާނީ ރާއްޖޭގައިތޯ؟ މި ސުވާލަށް ވޯޓުގެ ކުރިން ސާފު ޖަވާބެއް ދެއްވުން އެދިލައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް