އޮގަސްޓް 24 ވަނަ ދުވަހު މީސްމީޑިއާ “ފޭސްބުކް” ގައި އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ވީޑިއޯ އެނަލައިޒްކޮށް ކުއްޖާ ދެނެގަނެވި އެކުއްޖާގެ އާއިލާއާ ވާހަކަ ދެއްކުމުން، އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އާއިލާގެ ފަރާތުން މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢްލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ނަމަވެސް ފުލުހުންނަށް މި ކުއްޖާ ގެއްލިގެން އެއްވެސް ފަރާތަކުން ރިޕޯރޓްކޮށްފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
"ގެއްލިގެން ހޯދަމުންދާ އަންހެން ކުއްޖަކީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ) އެވެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ނަޝްފާ ޙަސަން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ޑިއުޓީ ނަންބަރ 3000600 އަދި 9790163 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް