ރާއްޖެދެކެ ލޯބިވާ ބަޔަކު ރާއްޖެ އަޅުވެތިކުރަން ނުގޮވާނެ ކަމުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ބެލެވޭގޮތުގައި ޑރ. ޝަހީމް މިމޭރުމުން މި ޓްވީޓް ކުރައްވާފައި މިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވެފައިވާއިރު އޭނާ އެހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ބައްދަލުކޮށް މަޝްވަރާއަކަށްފަހުގައި ކަމަށްވާތީއެވެ.
https://twitter.com/Mohamedshaheem1/status/1033071060868988928
ޑރ. ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީން ހިމާޔަތްކުރުމަށް ރައީސް ޔާމީން އަށް ވޯޓު ދެއްވުމަށް އެދިލައްވާކަމަށެވެ.
އަދި 23 ސެޕްޓެމްބަރުގެ ނިންމުން ވާންޖެހޭނީ މިނިވަންކަމަށްޓަކައި ދެވޭ ވޯޓަކަށް ކަމަށާއި އެކަން ކުރެވޭނީ ރައީސް ޔާމީނަށްކަމުގައި ޑރ. ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް