ހަނގާ ކުރުމުގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ގެއްލިގެން ހޯދަނީ

ތިން އަންހެންކުއްޖަކު ވެގެން ގްރޫޕް ހަދާފައިގޮސް އަންހެންކުއްޖަކަށް ހަނގާކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމުވެ އެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު ހަނގާ ކުރުމުގެ ޝިކާރައަކަށްވި އަންހެންކުއްޖާ ގެ...

24 Aug 2018 | 19:11

ތިން އަންހެންކުއްޖަކު ވެގެން ގްރޫޕް ހަދާފައިގޮސް އަންހެންކުއްޖަކަށް ހަނގާކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމުވެ އެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު ހަނގާ ކުރުމުގެ ޝިކާރައަކަށްވި އަންހެންކުއްޖާ ގެއްލިގެން ހޯދަން ފަށައިފި އެވެ.

މިކަމުގައި ފުލުހުންގެ ބަހެއް ނުލިބުނު ނަމަވެސް އެ ކުއްޖާ ގެއްލިގެން ހޯދަމުން އަންނަކަން ފެމިލީ އެންޑް ޗައިލްޑް ޑިޕާޓްމެންޓުން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް ގެއްލިގެން ހޯދަނީ ކޮން ވަގުތަކުން ފެށިގެންކަން ކަށަވަރެއް ނޫނެވެ.

ފަނަރަ އަހަރުގެ އެ ކުއްޖާ ގެއްލިގެން ހޯދަމުން އަންނައިރު ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއިން ފެންނަ ގޮތުގައި ތިން އަންހެންކުއްޖަކު އެ އަންހެންކުއްޖާ ތާކަށް ގެންގޮސް ހުތުރު ބަހުން މުއާމަލާތް ކުރެއެވެ. އަދި މޫނުމަތީގައި އެތައް ފަހަރަކު ޖަހާ މަންޒަރުވެސް ފެނެ އެވެ.

ސޯޝަލް މީޑިއާގައި އެ ވީޑިއޯ ދައުރުވާންފެށުމާއެކު އެ މައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުން އިއްޔެވަނީ ބުނެފައެވެ. އަދި އެ މައްސަލައިގެ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް