އެމްއެމްޕީއާރުސީ މައްސަލައިގަ ދައުރުވަމުންދަނީ އަސްލެތް ނެތް ލިސްޓެއް: ޕީޖީ

އެމްއެމްޕީއާރުސީގެ މައްސަލައިގަ ދައުވާ ކުރަން ނިންމާފައިވާ މީހުންގެ ލިސްޓެއްކަމަށް ބުނެ ދައުރުވަމުން ދަނީ ހަގީގަތެއް ނެތް ލިސްޓެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. އެސެޓ...

25 Jul 2020 | 14:02

އެމްއެމްޕީއާރުސީގެ މައްސަލައިގަ ދައުވާ ކުރަން ނިންމާފައިވާ މީހުންގެ ލިސްޓެއްކަމަށް ބުނެ ދައުރުވަމުން ދަނީ ހަގީގަތެއް ނެތް ލިސްޓެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފައިވަނީ އެމްއެމްޕީއާރުސީ މައްސަލައިގަ ކޯޓު މަރުހަލާގައި އޮތް ދެ މައްސަލައިގެ އިތުރުން ފަސް މައްސަލައެއް ދައުވާ ކުރަން ހުށަހެޅޭނެ ކަމަށެވެ. އެއީ އެމްއެމްޕީއާރުސީ އާއި ގުޅޭ32 މައްސަލަ އަކާއި ގުޅޭ ދައުވާތަކެއް ކަމަށް ބުނެފައިވެ އެވެ.

މިވާހަކަ އާއި ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ ދައުވާ ކުރަން ނިންމާފައިވާ މީހުން ހިމެނޭ ލިސްޓެއް ދައުރުވަމުންނެވެ. މިކަމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް މީީޑިއާގައި ވިދާޅުވީ ދައުރުވަމުން ދަނީ ސައްހަ ލިސްޓެއް ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވީ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައިގެ މައުލޫމާތު ޕީޖީ އޮފީހާއި ހިއްސާ ކުރާ ކަމަށެވެ. އަދި ކަންކަމުގައި މަޝްވަރާ ވެސް ކުރެވޭ ކަމަށާއި، އެހެން ނަމަވެސް ތަހުގީގުގެ ކަންކަން ފައިނަލް ކުރާނީ އިންވެސްޓިގޭޓަރުން ކަމަށް ވެސް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވަނީ ދައުވާ ކުރާ މައްސަލަތަކާއި މިހާޜު ތަހުގީގު ނިންމައި ކޯޓަށް ފޮނުވާއިރު ވަކި ފަރާތަކަށް ނުބަލާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ މިހާތަނަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް