މެދުރާއްޖެ އާއި ދެކުނަށް ވައިގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު!

މެދުރާއްޖެ އާއި ދެކުނު އަތޮޅުތަކަށް މޫސުން ގޯސްވެ ވައިގަދަ ވުމާއި އެކު އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ކ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށ...

25 Jul 2020 | 10:25

މެދުރާއްޖެ އާއި ދެކުނު އަތޮޅުތަކަށް މޫސުން ގޯސްވެ ވައިގަދަ ވުމާއި އެކު އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ކ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެ އުދަ އެރުމުގެ ފުރުސަތު އެބައޮތެވެ. އުދަ އަރާނެ ކަމަށް ލަފާކޮށްފައިވަނީ މިރޭ 7:00 އާއި ހަމައަށެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ވައި ގަދަވާނެ ކަމަށް ލަފާކުރެ އެވެ. އެގޮތުން ފ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ ހިމެނޭ ރަށްތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ވައިޓް އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވެ ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މިދުވަސްވަރު މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރައިގަ އެކި ސަރަހައްދު ތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ. އަދި ކަނޑުމަތީގެ ހިތާމަވެރު ހާދިސާތައްވެސް ވަނީ އިތުރުވެފައި އެވެ.

މެޓް އޮފީހާއި ކޯސްޓުގާޑުން ވަނީ މޫސުމަށް ސަމާލުވުމަށާއި ކަނޑުދަތުރު ކުރުމުގައި މޫސުމަށް ބަލައިގެން ދަތުރު ރޭވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް