ލާމުގައި 10 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާގެ ބަންދަށް 15 ދުވަސް

ލ. އަތޮޅުގެ ރަށެއްގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އޭނާގެ ބަންދ...

25 Jul 2019 | 14:14

ލ. އަތޮޅުގެ ރަށެއްގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އެ އަތޮޅު ގަމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

މުއްދަތު ގަމު ކޯޓުން ޖެހި ކަމުގައިވީނަމަވެސް އެއީ ގަމަށް ނިސްބަތްވާ މީހެއް ނޫނެވެ.

ފުލުހުން މިއަދު ބުނެފައިވާގޮތުގައި ލ. އަތޮޅުގެ ރަށެއްގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށްބުނެ އަންގާރަ ދުވަހު ހުށަހެޅި މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ރޭ 18:30 ހާއިރުގައެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ޓިކްޓޮކްގައި ވީޑިއޯ ކުޅެން ވަރަށް މަޝްހޫރު މީހެކެވެ. އެއީ ޓިކްޓޮކުގައި ދިވެހިންގެ ބައްޕަ ކަމުގައި ސިފަކޮށް އުޅެއެވެ.

އެއީ ސީދާ ކާކުކަން ދުވަހަށް ކަށަވަރު ކުރެވުނު ނަމަވެސް އެމީހާގެ މައްޗަށް ކުށް ސާބިތު ނުވާހާ ހިނދަކު އެއީ ކާކުކަން ހާމަކުރުމަކީ މީޑިއާއަކަށް ކުރެވޭނެ، ނުވަތަ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރެވެއެވެ. ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް މީހެއްގެ މައްޗަށް ސާބިތު ވެއްޖެ ނަމަ އެމީހެއްގެ ފޮޓޯ، ވަނަވަރާއެކު އޮފެންޑާސް އެމްވީ ވެބްސައިޓްގައި ސަރުކާރުން ހާމަކުރަމުން ދެއެވެ.

މިކަމެއް ހިނގާފައިވަނީ ލ. އަތޮޅުގެ ކޮން ރަށެއްގައިކަން ސީދާ ހާމަ ނުކުރަނީ ޖިންސީ ގޯނާ ލިބުނު ކުއްޖާގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބޭނުމުގައެވެ. އެއީ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީންވެސް އަމަލު ކުރަމުން އަންނަ ގޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް