މާވަށު ސްކޫލުގެ ޓްރެފިކް މޮނީޓަރުންނަށް ޓީމް ބިލްޑިންގ ކްލާސްތަކެއް ކުރިއަށް ގެންގޮސްފި

ލ. މާވަށު ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން މާވަށު ސްކޫލާ ގުޅިގެން އެސްކޫލުގެ ޓްރެފިކް މޮނީޓަރިންގެ ދަރިވަރުންނަށް ލީޑަރޝިޕްއާއި ޓީމް ބިލްޑިންގ ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފަ...

25 Jul 2019 | 13:51

ލ. މާވަށު ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން މާވަށު ސްކޫލާ ގުޅިގެން އެސްކޫލުގެ ޓްރެފިކް މޮނީޓަރިންގެ ދަރިވަރުންނަށް ލީޑަރޝިޕްއާއި ޓީމް ބިލްޑިންގ ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ކުލާސްތަކަކީ މާވަށު ސްކޫލުގެ ޓްރެފިކް މޮނީޓަރުންނަށް ކުރިއަށް ގެންދިޔަ ރިފްރެޝަރ ޕްރޮގްރާމުގެ ތެރެއިން ނަގައިދީފައިވާ ކުލާސްތަކެކެވެ.

މި ކުލާސްތަކުގައި ލީޑަރެއްގެ ދައުރަކީ ކޮބާއިކަމާއި، ކަންކަމުގައި އިސްނެގުމުގެ މުހިންމުކަމާއި، ރިވެތި އަޚްލާޤުތަކާއި، ރީތިބަހުން މުޢާމަލާތު ކުރުމުގެ އިތުރުން އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ މުހިންމުކަން ބުނެދީފައިވެއެވެ. އަދި ލީޑަރޝިޕާއި ޓީމްބިލްޑިންގ ޙަރަކާތްތަކެއްވެސް ދަރިވަރުންނަށް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކުލާސްތަކުގައި، މާވަށު  ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ  23 ދަރިވަރަކު ބައިވެރިވެފައިވާއިރު މި ކުލާސްތައް ނަގައިދީފައިވަނީ ލ. މާވަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މިފަދަ ކުލާސްތައް ނަގައިދިނުމުގެ ތަޖުރިބާހުރި ފުލުހުންނެވެ.

މި ކުލާސްތައް ކުރިއަށް ގެންދިއުމުގައި މާވަށު ސްކޫލުގެ ފަރާތުން ފުލުހުންނަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް