ކުއީން އެލިޒަބަތުގެ ފަރާތުން މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި އިނގިރޭސިވިލާތުގެ ރާނީ، އެލިޒަބަތު (ދޭއް) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރާނީ ރައީސަށް ފޮނުއްވި މެސެޖުގައި ވި...

25 Jul 2019 | 13:46

މިނިވަންދުވަހުގެ މުނާސަބަތުގައި އިނގިރޭސިވިލާތުގެ ރާނީ، އެލިޒަބަތު (ދޭއް) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރާނީ ރައީސަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވަނީ ނުހަނު އުފަލާއި އެކުގައި ކަމަށާއި، ކުރިއަށް އޮތް އަހަރަކީ ރާއްޖެއަށް އުފާވެރި އަދި ފާގަތި އަހަރަކަށް ވުމަށް އެދިލައްވާކަމަށެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި 26 ވަނަ ދުވަހެވެ. އެއީ 1965 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަހެވެ.

ކޮންމެ އަހަރެއްގެ މިނިވަން ދުވަހާއި ދިމާކޮށް އިނގިރޭސިވިލާތުގެ ރާނީ، ތަހުނިޔާގެ މެސެޖު ރާއްޖެއަށް ފޮނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް