އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، މިނިވަންދުވަހާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ހެވިކަމާއި ކުޅިވަރު"ގެ ހަރަކާތްތަކުގެ ރިހާސަލް ބަލަން ބޭނުންވާ ފަރާތްތަކަށް ހޯމް މިނިސްޓްރީން އެފުރުސަތު ހުޅުވާލައިފިއެވެ.
ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިނިވަން ދުވަހުގެ ކުޅިވަރުތަކުގެތެރޭގައި ހިމެނޭ ހެވިކަމާއި ކުޅިވަރުގެ ޑްރެސް ރިހާސަލް މިރޭ ރަސްމީ ސްޓޭޑިއަމްގައި އޮންނާނެ ކަމަށެވެ. އަދި މި ރިހާސަލް ބެލައިލަން ބޭނުންވާ ފަރާތްތަކަށް މިއަދު އިރުއޮއްސި 6:30-7:30 އާދެމެދު ރަސްމީ ސްޓޭޑިއަމްގެ C އަދި E ގޭޓުން ފާސް ދޫކުރާނެ ކަމަށެވެ.
https://twitter.com/HomeMinistrymv/status/1154364532803817476
ހެވިކާމާ ކުޅިވަރުގެ ރިހާސަލް މިރޭ ބާއްވާއިރު ރޭގައިވެސް ރިހާސަލް ބާއްވަން އުޅުނެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެކަން ކެންސަލް ކުރިއެވެ.
ފާއިތުވި އަހަރުތަކާއި ހިލާފަށް މި އަހަރުގެ މިނިވަން ދުވަހު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރަށްފަހު މެދު ކަނޑާލަފައިވާ ފުޅަނދު ބުރުވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް