ޕޯސްޓް މެދުވެރިކޮށް ތަފާތު ދެ ފަހަރެއްގެ މަތިން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި، ސްވިޒަލޭންޑުން ރާއްޖެއަށް އެތެރެކުރަން އުޅުނު 10 ގްރާމްގެ އެކްސްޓެސީ ނުވަތަ ޕާޓީ ޑްރަގްސް ވަނީ އަތުލައިގަނެފައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން ރާއްޖެ އެތެރެކުރަން އުޅުނު 66 ގްރާމްގެ ހިއްކާފައިވާ ކެނަބިސް ފަތްތަކެއް ވެސް ކަސްޓަމްސް އިން އަތުލައިގަނެފައިވާ ކަމަށް މައުލޫމާތު ދެއެވެ.
މިތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައި ވަނީ އިއްޔެ އެވެ. މި ތަކެއްތި އަތުލައިގަނެފައި ވަނީ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިތަކެތީގައި ޖުމްލަ 76 ގްރާމް ހުރިއިރު، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އެކު، މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސް އިން އިތުރަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް