އިންޑިއާގެ ހަނޑޫ ދަނޑަކަށް ގިނި ހިލައެއް ވެއްޓިއްޖެ !

އިންޑިއާގެ ބިހާރު ސްޓޭޓްގެ އަވަށެއް ކަމުގައިވާ މަދޫ ބާނީގެ ހަނޑޫ ދަނޑަކަށް، ގިނިހިލައެއް ކަމަށް ބެލެވޭ ހިލައެއް ވެއްޓިއްޖެއެވެ. މިކަން ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ދަނޑުގައި މީހުން އ...

25 Jul 2019 | 12:16

އިންޑިއާގެ ބިހާރު ސްޓޭޓްގެ އަވަށެއް ކަމުގައިވާ މަދޫ ބާނީގެ ހަނޑޫ ދަނޑަކަށް، ގިނިހިލައެއް ކަމަށް ބެލެވޭ ހިލައެއް ވެއްޓިއްޖެއެވެ.

މިކަން ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ދަނޑުގައި މީހުން އުޅެނިކޮށެވެ.

މަންޒަރު ދުށް ދަނޑުވެރިން ބުނެފައިވާގޮތުގައި ބާރު އަޑާއެކު އެ ހިލަ ވެއްޓިގެން އަންނަން ފެށުމުން އެންމެން ބިރުން ދުވެ ފިލީއެވެ. ވެއްޓިގެން އައި އިރު ހިލައިގެ ވަށައިގެން ވަރަށް ބައިވަރު ދުން ހުރި ކަމަށްވެސް ބުނެފައިވެއެވެ. އެ ހިލަ ވެއްޓި އިރުކޮޅެއް ވީފަހުން ގޮސް ބެލިއިރު ހަތަރު ވަރަކަށް ފޫޓު އަޑިން ހިލަ ފެނުނު ކަމަށް ބުނެފައިވެއެވެ.

އެ ހިލައިގެ ބަރުދަނުގައި 15 ކިލޯ ހުއްޓެވެ. އެ ހިލަ މިހާރު ވަނީ އިންޑިއާގެ ސައިންޓިސްޓިންނާއި ހަވާލުވެފައެވެ. އެ ހިލައިގާ ދަގަތްފާނީ ބާރު ހުރި ކަމަށްވެސް ހިލަ ނެގި ދަނޑުވެރިން ބުނެފައިވެއެވެ.

2016 ވަނަ އަހަރުވެސް އިންޑިއާއަށް ގިނަހިލައެއް ވެއްޓިފައިވެއެވެ. އެ ހާދިސާގައި ބަސް ޑްރައިވަރަކު މަރުވެ އިތުރު ތިން މީހަކު ޒަހަމްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް