މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށްޓަކައި މޫސުމާބެހޭ އޮފީސް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މޯބައިލް އެޕްލިކޭޝަންއެއް ތައާރަފްކޮށްފިއެވެ.
މި އެޕް ތައާރަފްކޮށްފައި ވަނީ މިއަދު މެންދުރު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތަކުއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މި ޕްރޮޖެކްޓަކީ އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މެޓްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމު ރައްޔިތުންނާ ހަމައަށް މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށްޓަކައި ކުރިއަށް ގެންދެވުނު ޕްރޮޖެކްޓެއް ކަމަށެވެ. މީގެ އިތުރުން މްޓް އޮފީހުން މިހާރު ދެމުންގެންދާ އެލާޓުތަށް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޭނުންކުރަމުންދާ ކޮމަން އެލާޓިންގ ޕްރޮޓޮކޯލް (ކެޕް) ސިސްޓަމަށް ހިޖުރަ ކުރުމަށްޓަކައި މެޓް އޮފީހަށް ހާއްސަ ކުރެވިގެން ކެޕް އެލާރޓިންގ ސިސްޓަމެއް ޤާއިމުކުރުމަށް ކުރިއަށް ގެންދުވުނު ޕްރޮޖެކްޓެއް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި އެޕުން ލިބޭ މައުލޫމާތުތަކުގެ ތެރޭގައި:
- އެ ވަގުތެއްގައި މޫސުން ދައްކުވައިދޭ ގިނަ މަޢުލޫމާތު
- އެ ދުވަހެއްގައި ކުރިޔަށް ހުރި ވަގުތު ތަކުގައި މޫސުން ލަފާ ކުރެވޭ ގޮތް ހާމަކޮށްދޭ މަޢުލޫމާތު
- ކުރިޔަށް އޮތް ފަސް ދުވަހުގައި މޫސޫމާއި ބެހޭ އޮފީހުން ލަފާ ކުރާ މޫސުން
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ މި އޮފީހުގެ އޮޓެމެޓިކް ވެދާރ ސްޓޭޝަން ތަކުން އެވަގުތެއްގައި ދައްކުވައިވާ މޫސުމީ ޑޭޓާ
- މޫސުމާއި ބެހޭ އޮފީހުން ދެމުންދާ މޫސުމީ އެލާރޓުތަކުގެ މަޢުލޫމާތު
- އެންމެ ފަހުގެ ރާޑަރ އަދި ސެޓިލައިޓު ފޮޓޯތަށް
- އެންމެ ފަހުގެ ބިން ހެލުމުގެ މަޢުލޫމާތުތަށް
- މޫސުމާއި ބެހޭ އޮފީހުން ބޭނުންކުރަމުންދާ ބަސްމަގުތަކާއި އޭގެ މާނަތަށް
މި އެޕްލިކޭޝަން މެދުވެރިކޮށް މޫސުމާއިބެހޭ އެފީހުން ދެމުން ގެންދާ ގިނަ މޫސުމީ މަޢުލޫމާތު އެންޑްރޮއިޑާއި އައި.އޯ.އެސް ބޭނުންކުރައްވާ ފަރާތްތަކަށް ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް