ފިރިމީހާގެ ލޯބިވެރިޔާގެ ބޯ ބާލައި ފަލީހަތް ކޮށްލައިފި

ވިއެޓްނާމު އަންހެނަކު، އޭނާގެ ފިރިމީހާގެ ލޯބިވެރިޔާގެ ބޯ ޓްރިމަރަކުން ބާލައި ފިރިމީހާގެ ލޯބިވެރިޔާ ފަލީހަތް ކޮށްލައިފިއެވެ. ވިއެޓްނާމްގެ މީޑިއާތަކާއި ހަވާލާދީ ޗައިނާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށް...

25 Jul 2019 | 10:35

ވިއެޓްނާމު އަންހެނަކު، އޭނާގެ ފިރިމީހާގެ ލޯބިވެރިޔާގެ ބޯ ޓްރިމަރަކުން ބާލައި ފިރިމީހާގެ ލޯބިވެރިޔާ ފަލީހަތް ކޮށްލައިފިއެވެ.

ވިއެޓްނާމްގެ މީޑިއާތަކާއި ހަވާލާދީ ޗައިނާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އަނބިމީހާ ގެއަށް ދިޔައިރު ފިރިމީހާ އާއި ފިރިމީހާގެ ލޯބިވެރިޔާ ތިބީ ކޮޓަރީ އެނދުމަތީގައި ހެއްދެވި ހާލުގައެވެ. އެކަމާ ރުޅި ގަދަވެ އަނބިމީހާ ޓްރިމަރެއް ހިފައިގެން ގޮސް، ފިރިމީހާގެ ލޯބިވެރިޔާގެ ބޯ ބޭލިއެވެ. އަދި އެކަން ވީޑިއޯކުރަމުން ސޯޝަލް މީޑިއާގައި ލައިވްވެސް ކުރިއެވެ.

އެގައުމުގެ ފުލުހުން މި ތިން މީހުން ހައްޔަރު ކުރި ކަމަށްވެއެވެ. އަދި އެ ފިރިމީހާ ބަންދުގައި ބަހައްޓައި އަނެއް ދެމީހުން މިހާރު ދޫކޮށްލާފައިވާކަމަށްވެސް ބުނެފައިވެއެވެ. ފިރިމީހާ ފުލުހުންގެ ބަންދުގައި ބެހެއްޓީ އޭނާގެ ލޯބިވެރިޔާގެ އުމުރަކީ 17 އަހަރު ކަމުގައިވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް