މެސެޖްތަކެއް ލީކްވި މައްސަލައެއްގައި ޕުއާޓޯ ރީކޯގެ ގަވަރުނަރު އިސްތިއުފާދޭން ނިންމައިފި

ރައްޔިތުންނަށް ކުޑައިމީސްކަން ލިބޭގޮތަށް ވާހަކަ ދައްކާފައިވާ މެސެޖްތަކެއް ލީކްވުމާއި ގުޅިގެން އެމެރިކާގެ ކެރިބިއަން ޓެރިޓަރީ ޕުއާޓޯ ރީކޯގެ ގަވަރުނަރު ރިކާޑޯ ރޮސެއްލޯ އިސްތިއުފާ ދެއްވަން ނިންމައިފިއެވެ...

25 Jul 2019 | 05:53

ރައްޔިތުންނަށް ކުޑައިމީސްކަން ލިބޭގޮތަށް ވާހަކަ ދައްކާފައިވާ މެސެޖްތަކެއް ލީކްވުމާއި ގުޅިގެން އެމެރިކާގެ ކެރިބިއަން ޓެރިޓަރީ ޕުއާޓޯ ރީކޯގެ ގަވަރުނަރު ރިކާޑޯ ރޮސެއްލޯ އިސްތިއުފާ ދެއްވަން ނިންމައިފިއެވެ.

ގަވަރުނަރު ރިކާޑޯއާއި އޭނާގެ އެކުވެރިންތަކެއްގެ މެސެޖުތަކެއް ލީކްވެފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ގޮތުން 880 ސޮފްހާ އާއި ގާތްކުރެވޭ މި މެސްޖްތަކުގައި ވަނީ ރައްޔިތުންނާއި ވަކި ވަކި ފަރުދުންނާއި ބެހޭ ގޮތުންވެސް ބޭއަދަބީ ގޮތުން މުއާމަލާތްކޮށް ވާހަކަދައްކާފައެެވެ.

މި މައްސަލައާއި ގުޔޅިގެން ވީޑިއޯ މެދުވެރިކޮށް ގަވަރުނަރު އިއްޔެ ދެއްވި ބަޔާނެއްގައި ވިދާޅުވީ އޯގަސްޓް ދެވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

އަދި އެ މުއްދަތަށް އޭނާ ގަވަރުނަރުގެ މަގާމުގައި ހުންނަވާނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ އޮމާންކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ލީކުވި މެސެޖުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް ވަނީ ރިކާޑޯ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

އުމުރުން 40 އަހަރުގެ ގަވަރުނަރު ރިކާޑޯ އިސްތިއުފާ ދެއްވުމުން ދެން އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޕުއާޓޯ ރީކޯގެ ޖަސްޓިސް ސެކްރެޓަރީ ވަންޑާ ވަޒްކުއެޒްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް