ސަލްމާން ޚާންގެ "ކިކް 2" އަންނަ އަހަރު ރިލީޒް ކުރާނެ ކަން ކަށަވަރު ވެއްޖެ

2014ގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކިކް" ގެ ދެވަނަ ފިލްމު "ކިކް 2" އަންނަ އަހަރު ރިލީޒް ކުރާނެކަން ކަށަވަރުވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ މިރާ...

25 Jul 2019 | 05:17

2014ގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކިކް" ގެ ދެވަނަ ފިލްމު "ކިކް 2" އަންނަ އަހަރު ރިލީޒް ކުރާނެކަން ކަށަވަރުވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ މިރާ ނޫހުންނެވެ.

ކިކް އަކީ ޕްރޮޑިއުސަރު ސާޖިދް ނާދިއާދުވާލާގެ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމެވެ. އެ ފިލްމާއި ހަމައަށް ސާޖިދު މުޅިންވެސް އުޅުނީ ޕްރޮޑަކްޝަންގައެވެ.

މިރާ ނޫހުގައި ބުނެފައިވާގޮތުގައި އެ ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ސާޖިދު އާއި އޭނާގެ ޓީމުން ގެންދަނީ ވަރަށް "ސްލޯ" ކޮށެވެ. އެގޮތަށް ގެންދަނީ "ކިކް 2" އަކީ "ކިކް" ހާ މަޝްހޫރު އަދި މަގްބޫލު ފިލްމަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ސާޖިދުގެ ޓީމުގެ މީހަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

"ކިކް" ފިލްމުގައި ބަތޮލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޖެކޮލިން ފަނޭންޑަޒެވެ. ވިލަންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ނަވާޒުއްދީން ސިއްދީޤީ އެވެ. މިއީ ނަވާޒުއްދީން ސިއްދީޤީ ވަރަށް މަޝްހޫރުވެގެން ދިޔަ ފިލްމެކެވެ. އޭނާގެ ކެރެކްޓަރ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަތެވެ.

"ކިކް" ގައި ސަލްމާނާއެކު ދެން ފެނިގެން ދިޔައީ މިތުން ޗަކުރަބޮތީ އާއި ރަންދީޕު ހޫޑާ އެވެ.

"ކިކް 2" އަންނަ އަހަރު ނެރޭނެކަން ކަށަވަރުވި ނަމަވެސް އެ ފިލްމުގެ ތަރިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް