ކޮލިޓީ މީރުވަސް ދުވަސްވާ ސެންޓް އަދި ބޮޑީސްޕްރޭ ވިއްކާ ޕޮއިސް އިން ލަގްޒަރީ ބްރޭންޑްގެ ޕާފިޔުމެއްކަމަށްވާ " މޮސެމްސާ " ލޯންޗުކޮށްފިއެވެ. މިނިވަންދުވަހާ ގުޅުވައިގެން ޕޮއިސްއިން މި ލޯންޗުކުރި މޮސެމްސާ ބްރޭންޑަކީ ސްޕެއިންގެ ބާސެލޯނާގައި އުފައްދާ ޕާފިޔުމެކެވެ.
މި ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ވަނީ މި ބްރޭންޑްގެ އަންހެނުންނަށް އަދި ފިރިހެނުންނަށް ޚާއްސަ ސެންޓްތަކާއި އެކި ހަފްލާތަކާއި މުނާސަބަތުތަކަށް ޚާއްސަ ވަކި ސެންޓްތަކެއް ލޯންޗުކޮށްފައެވެ. މޮސެމްސާ ބްރޭންޑްގެ ފިރިހެނުންނަށް ޚާއްސަ ރޭންޖުގެ ޕާފިޔުމް ލޯންޗުކޮށް ދިނީ ދިރާގުގެ މާކެޓިންގ ކޮމިޔުނިކޭޝަން ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓް މުހައްމަދު ހިސާން އެވެ. އަދި އަންހެނުންނަށް ޚާއްސަ ރޭންޖުގެ ޕާފިޔުމް ލޯންޗްކޮށްދިނީ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބެވެ.
މޮސެމްސާ ބްރޭންޑް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕޮއިސްގެ ސޭލްސް އެންޑް މާކެޓިންގ އެގްޒެކެޓިވް އަބްދުﷲ ހުޝާމް ވިދާޅުވީ މޮސެމްސާ އަކީ ހައިކޮލިޓީ ޕާފިޔުމެއްކަމަށާއި މީގެ ޚާއްސަ އެއްކަމަކީ އެލާޖީގެ މައްސަލަ ދިމާނުވުންކަމުގައެވެ. ޕާފިޔުމް ބޭނުންކޮށްގެން އެލާޖީ ވުމާއި، ސައިނަސް ހުންނަ ފަރާތްތަކަށް މިއީ ރަނގަޅު ބްރޭންޑަކަށް ވެގެންދާނެކަމަށް ހުޝާމް ވިދާޅުވިއެވެ. " މީގެ ވަސް 15 ގަޑީރަށްވުރެ ގިނައިރު ހުންނާނެ. ވަރަށް ގިނަ ކަންކަމުގައި މި ޕާފިޔުމް ބޭނުންކުރެވޭނެ. މިސާލަކަށް ކުޅިވަރުގައި އުޅޭ ފަރާތްތަކަށް، އޮފީހަށް ދާ ފަރާތްތަކަށް ނޫނީ ގިނަ ވަގުތު މަސައްކަތުގައި އުޅޭ ފަރާތްތަކަށް މިބްރޭންޑްގެ ޚާއްސަ ޕާފިޔުމްތައް ހުންނާނެ. " އަބްދުﷲ ހުޝާމް ވިދާޅުވިއެވެ.
މޮސެމްސާ ބްރޭންޑްގެ ކޮންމެ ސެންޓު ފުޅިއެއްވެސް 350 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ އަގަކަށް ޕޮއިސް އިން ލިބިގެން ހުންނާނެއެވެ. އަދި މިނިވަންދުވަހާ ގުޅުވައިގެން މި ބްރޭންޑް ލޯންޗުކުރުމާއި ގުޅިގެން ޖުލައި މަސް ނިމެންދެން މޮސެމްސާ ބްރޭންޑްގެ ޕާފިޔުމަށް ޚާއްސަ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް ޕޮއިސް އިން ބުނެއެވެ. ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ބްރޭންޑްތައް ލޯންޗްކުރަމުން ގެންދާނެކަމަށްވެސް ޕޮއިސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް