ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު އޮގަސްޓް މަހުގެ 10 ކާ ހަމައަށް އިލެކްޝަން ކޮމިޝަނުން އިތުރުކޮށްފިއެވެ. އެކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަ...

25 Jul 2018 | 13:26

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު އޮގަސްޓް މަހުގެ 10 ކާ ހަމައަށް އިލެކްޝަން ކޮމިޝަނުން އިތުރުކޮށްފިއެވެ. އެކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން އެދޭމީހުންގެ ފޯމާއި ތަކެތި ބަލައިގަތުން އޮގަސްޓް 10 ވާ ހުކުރު ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00  އަށް ކުރިޔަށް ދާނެއެވެ.  ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ޖުލައި މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލިއިރު ކޮމިޝަނުން ނިންމާފައިވަނީ އޮގަސްޓް މަހުގެ ހަތަރަކާ ހަމައަށް ފޯމާއި ތަކެތި ބަލައިގަންނަ ގޮތަށެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހެނީ އިލެކްޝަންސް ކޮމިޝަންގެ 3 ވަނަ ފަންގިފިލާއަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް