12 މެމްބަރުންގެ ގޮނޑި އާއި ގުޅޭގޮތުން ސްޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނިންމި ނިންމުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ކޮށްފައިވާ ޙުކުމްގެ ހުރި ބައިތައް ސްޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. ސްޕްރީމް ކޯޓުން މިއަދު އެބައިތައް ބާ...

25 Jul 2018 | 07:27

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ކޮށްފައިވާ ޙުކުމްގެ ހުރި ބައިތައް ސްޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. ސްޕްރީމް ކޯޓުން މިއަދު އެބައިތައް ބާތިލްކޮށްފައި މިވަނީ އެބައިތައް ބާތިލްކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވަމުންނެވެ.

ފެބްރުއަރީ އެކެއްގައި ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރުއްވާފައިވާ  ހުކުމްގައި ބުނަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަަށެވެ. އެބައި ބާތިލްކޮށްފައި ވީ ނަމަވެސް 12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަކިވަކިން ހުށަހަޅުއްވާފައިވާ މައްސަލަތަކަކީ ސްޕްރީމް ކޯޓުގެ ބެންޗުން ބަލައި އެއާމެދު ގޮތެއް ނިންމަންޖެހޭ މައްސަލަތަކެއްކަމަށް ފަނޑިޔާރުން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް