އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރުމަށް ފާސްކޮށްފައިވާ އަލީ ނަޝާތަށް މެމްބަރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަރުވައިފިއެވެ.
އަލީ ނަޝާތަށް މެމްބަރުކަމުގެ ފަތްކޮޅު އެރުއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަލީ ނަޝާތު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި 32 މެމްބަރަކު ވަނީ އަލީ ނަޝާތު މެމްބަރުކަމަށް އައްޔަނުކުރުމަށް ފެންނަކަމަށް ވޯޓު ދީފައެވެ. އަލީ ނަޝާތު މެމްބަރުކަމަށް އައްޔަނުކޮށްފައި މިވަނީ ކުރިން އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ޝަކީލް މެމްބަރުކަމުން އިސްތިޢުފާ ދެއްވުމުންނެވެ.
އަލީ ނަޝާތު އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރުމާ ހަމައަށް ހުންނެވީ އެ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް