ޓީނޭޖުގައި ބޮޑީ ބިލްޑް ނުކުރެވުމުން މިހާރު ދެރަވާކަމަށާއި އޭރު އެކަން ކުރެވުނު ނަމަ އޭނާ ވާނީ މިހާރު ބޮލީވުޑްގައި ހުރި އެންމެ "ހޮޓް" ތަރިއަށް ކަމުގައި ބޮލީވުޑް ބަތޮލު ބޮބީ ޑިއޯލް ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވާއިރު ރޭސް ތިނަކަށް އޭނާގެ ހަށިގަނޑަށް އެންމެ ހަތަރު މަހުގެ ތެރޭގައި ގެނައި ކުއްލި "ޓްރާންސްފޯމާ" އެކު އޭނާއަށް ބޮލީވުޑް ފިލްމުތަކުން މިހާރު ވަނީ ޖާގަ ލިބެން ފަށާފަ އެވެ.
ރޭސް ތިނަކުން ޖާގަ ލިބުނު އިރު އޭނާގެ ކެރިއަރު އޮތީ ވަޅުޖަހާފަ އެވެ. މީހާ ހުރީ ފަލަވެ ފުފި އެވެ. ނަމަވެސް ރޭސް ތިނަކާއެކު އެ ހުރިހާކަމެއް މިހާރު ވަނީ ބަދަލުވެގެން ގޮސްފައި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގޮތް ހުސްވެ މާޔޫސްވެފައިވަނިކޮށް ބޮބީއަށް މަގުދައްކައިދީ އަލުން ދާއިރާއަށް ނެރެދިނީ ސަލްމާން ޚާން އެވެ. އަދި ބޮބީގެ ބޮޑީ ބިލްޑު ކުރުމުގައި ސަލްމާންގެ އަތެއް ވާކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް