12 މެމްބަރުންގެ ގޮނޑީގެ މައްސަލާގެ ޙުކުމް މިއަދު އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ މަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ...

25 Jul 2018 | 05:38

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ މަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްސަލައިގެ ޙުކުމް އިއްވަން މިއަދަށް ތާވަލްކޮށްފިއެވެ.

މިމައްސަލައިގެ ހުކުމް އިއްވުމަށް ތާވަލްކޮށްފައިވަނީ މިއަދު 11:00 އަށެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ކަނޑައަޅާފައި ވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވިޔަސް، އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.

އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވަން މިދިޔަ ބުރާސްފަތި ދުވަހު ވެސް ތާވަލް ކުރި އެވެ. ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް