ވޯޓުފޮށި ބަހައްޓަން ބޭނުންވާ ރިސޯޓުތަކުން އެކަން އިލެކްޝަނަށް ލިޔުމަކުން އަންގަން އެދެފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބަހެއްޓުމުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ އިދާރީ އެހީތެރިކަން ފުރިހަމަ ކުރެވޭނެ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އެކަން މިއަދު އިލެކްޝަންސ...

25 Jul 2018 | 03:51

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބަހެއްޓުމުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ އިދާރީ އެހީތެރިކަން ފުރިހަމަ ކުރެވޭނެ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އެކަން މިއަދު އިލެކްޝަންސް ކޮމިޝަނަސް އަންގަން އެދިއްޖެ އެވެ.

އަންގަން އެދިފައިވަނީ އިލެކްޝަންސް އިން ކޮށްފައިވާ އިއުލާނެއްގައި އެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރިސޯޓު ތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން، އެތަންތާނގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 100 ދިވެހި މުވައްޒަފުން ހަމަވެ، ވޯޓުފޮށްޓެއް ބެހެއްޓުމަށް ކޮމިޝަނުން ބޭނުންވާ އިދާރީ އެހީތެރިކަން ފުރިހަމަކުރެވޭނެ ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަނުން އެކަން 2018 ޖުލައި 25 ވާ ބުދަ ދުވަހު 14:00ގެ ކުރިން މި ކޮމިޝަނަށް ލިޔުމަކުން އަންގަވައިދެއްވުން އެދި އިޢުލާން ކުރާކަމަށެވެ.

އިލެކްޝަންސް އިން މި އިއުލާނުކޮށްފައިވާއިރު މިހާތަނަށް ޖުމްލަ 36 ރިސޯޓެއްގައި ވޯޓްފޮށި ބަހައްޓަން ނިންމާފައިވެ އެވެ. އަދި އިލެކްޝަންސް އިން ބުނެފައިވަނީ ގިނަ ރިސޯޓުތަކަކުން ވޯޓުފޮށި ބަހައްޓަން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް ގިނަ ރިސޯޓްތަކެއްގައި ވޯޓުފޮށި ނުބަހައްޓާތީ އިދިކޮޅުން އަންނަނީ އެކަމާއި ދެކޮޅަށް އަޑު އުފަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް