ނެދަލެންޑްގައި ކުރިއަށްގެންދިޔަ ދިރާސާއެއްގައި މާބަނޑު އަންހެނުންތަކަކަށް ވަޔަގްރާ ދީގެން ވިހެއި ކުދިން ތަކެއް މަރުވުމުން އެ ދިރާސާ ހުއްޓާލައިފި އެވެ.
ދަ ގާޑިއަންގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ދިރާސާއަކީ ނެދަލެންޑްގެ 10 ހޮސްޕިޓަލެއްގައި ކުރިއަށްގެންދިޔަ ދިރާސާއެކެވެ. ދިރާސާ ކުރިއަށްގެންދިޔައީ ދަރިން އަވަހަށް ބޮޑުވާނެ ކަމަށް ބުނެ އެކަން ސާބިތު ކުރުމަށެވެ.
އެ ދިރާސާ ހުއްޓާލަން ނިންމީ އެ ދިރާސާގައި ބައިވެރިވި މައިންގެ ތެރޭން 93 މަޔަކު ވިހެއި ދަރިންގެ ތެރެއިން 17 ކުއްޖެއްގެ ފުއްޕާމޭގެ މައްސަލަ ކުރިމަތިވެ އޭގެ ތެރޭން 11 ކުއްޖަކު މަރުވުމުންނެވެ.
މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑަކުޓަރު މީޑިއާއަށް އިންޓަވިއުއެއް ދެމުން ބުނެފައިވަނީ ބޭނުންވީ ދަރިން އަވަހަށް ހެދިބޮޑުވާނެ ގޮތެއް ޕްރޮމޯޓްކުރަން ކަމަށާއި ނަމަވެސް ކަން ދިމާމިވީ ދިމާ އިދިކޮޅަށް ކަމަށެވެ. އަދި ހަމަ މިފަދަ ދިރާސާއެއް ކެނެޑާގައިވެސް ކުރިއަށްދާކަމަށް އެ ޑަކުޓަރު ބުނެފައި ވެ އެވެ.
ނެދަލެންޑްގައި ކުރިއަށްގެންދަން އުޅުނު މި ދިރާސާއަކީ 2015 އން 2020 އަށް ކުރިއަށްގެންދަން އޮތް ދިރާސާއެކެވެ މި ދިރާސާގައި 350 މީހަކު ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް