ހޮހޮޅައިން ސަލާމަތްވި ކުދިން ހާމުދުރުންނަށް ވެއްޖެ

ތައިލެންޑްގެ ހޮހޮޅައިގާ ތާށިވެ ނުވަ ދުވަސް ފަހުން ސަލާމަތްކުރި ކުދިންތައް ބޯބާލައި ހާމުދުރުންނަށް ވެއްޖެ އެވެ. ތައިލެންޑްގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުދިންގެ ތެރޭން ގިނަ ކުދިން މިހާރު ...

25 Jul 2018 | 02:59

ތައިލެންޑްގެ ހޮހޮޅައިގާ ތާށިވެ ނުވަ ދުވަސް ފަހުން ސަލާމަތްކުރި ކުދިންތައް ބޯބާލައި ހާމުދުރުންނަށް ވެއްޖެ އެވެ.

ތައިލެންޑްގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުދިންގެ ތެރޭން ގިނަ ކުދިން މިހާރު ވަނީ ހާމުދުރުންނަށް ވެފައި އެވެ.

އެކުދިން ހާމުދުރުންނަށް ވުމަށްފަހު ނުވަ ދުވަސް ވަންދެން ފައްޅިއެއްގައި ތިބޭނެކަމަށްވެސް ރިޕޯޓްކޮށްފައި ވެ އެވެ. އެއީ ހޮހޮޅައިގާ ނުވަ ދުވަސްވީތީ ކަމަށް ބުނެފައި ވެ އެވެ.

އެކުދިން ހާމުރުންނަށް ވެފައިވާއިރު އެ ކުދިންނާއެކު ހޮހޮޅައިގާ ތާށިވި، އެ ކުދިން ނިސްބަތްވާ ޓީމުގެ އެސިސްޓެންޓު ކޯޗަކީ ކުރީގެ ހާމުދުރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް