ހައްޖުގެ އަޅުކަން އަދާކުރުމަށް މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން މަދީނާއަށް ގޮސްފި

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިހާރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން މަދީނާއަށް ގޮސްފައިވާކަމަށް ސައުދީން ހާމަކޮށްފި އެވެ. އެގޮތުން 162،159 މީހުން މަދީނާއަށް ގޮސްފައިވާކަ...

25 Jul 2018 | 02:34

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިހާރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން މަދީނާއަށް ގޮސްފައިވާކަމަށް ސައުދީން ހާމަކޮށްފި އެވެ.

އެގޮތުން 162،159 މީހުން މަދީނާއަށް ގޮސްފައިވާކަން ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ތުރުކީން ދިޔަ 38 ހާސް މީހުންނާއި އިންޑޮނޭޝިޔާއިން ދިޔަ 25 ހާސް މީހުންނާއި އިންޑިއާއިން ދިޔަ 21 ހާސް މީހުންނާއި އަފްގާނިސްތާނުން ދިޔަ 10 ހާސް މީހުންނެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އިތުރު 24 ހާސް މީހުން މަދީނާއަށް ދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިންޑޮނޭޝިޔާ އިން ހަ ހާސް، އިންޑިއާއިން ހަތަރު ހާސް، ޕާކިސްތާނުން 10 ހާސް އަދި ނައިޖީރިއާއިން ހާހަކަށްވުރެ ގިނަ މީހުން ހިމެނޭކަމަށް ބުނފައި ވެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 1.8 މިލިޔަން މީހުން ދާނެ ކަމަށް އަންދާޒާ ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް