ނަމަކީ ޕްރަނާވް ކޮޓިއަން އެވެ. އުމުރަކީ އެންމެ 23 އަހަރެވެ. ބަރުދަން ލުއިކޮށްލުމުގެ މަސައްކަތް ފަށައިގަތްއިރު އޭނާގެ ބަރުދަނަކީ 106 ކިލޯ އެވެ. ނަމަވެސް އޭގެ ތިން މަސް ފަހުން މިހާރު އޭނާގެ ބަރުދަނުން 38 ކިލޯ ވަނީ ލުއިކޮށްލާފަ އެވެ.
ޓައިމްސް އޮފް އިންޑިއާގެ ލައިފްސްޓައިލް ސެކްޝަނަށް ދީފައިވާ އިންޓަވިއުއެއްގައި މި ޒުވާނާ ބުނެފައިވަނީ ބަރުދަން ލުއިކޮށްލުމުގެ މަސައްކަތް ފެށީ ކޯޗު ބުނި ބަހަކުން ކަމަށެވެ.
"ކޯޗު ބުނީ ޓޭބަލް ޓެނިސްގައި ބަރުދަން ލުއިނުކޮށް ކުރިއަށް ނުދެވޭނެ ކަމަށް" ކޮޓިއަން ބުނެފައި ވެ އެވެ.
ކޮޓިއަން ބުނެފައިވަނީ އޭނާ އަކީ ޕޭންކޭކަށް ވަރަށް ލޯބިކުރި މީހެއް ކަމަށާއި އެހާ ފަލަވުމުގެ އަސްލަކީ އެއީ ކަމަށްވުންވެސް އެކަށީގެންވާކަމަށެވެ.
ކޮޓިއަން ވަނީ އޭނާ ހިކެން ކުރި މަސައްކަތުގައި ކެއުން ބައްޓަންކުރިގޮތްވެސް ހިއްސާކޮށްފަ އެވެ.
އެގޮތުން އޭނާ ބުނީ ހެނދުނުގެ ނާސްތާގައި ކަނީ ހަ ބިހުގެ ގޮބޮޅިއާއި ދެ ފޮތި ބްރައުން ބްރެޑް ކަމަށެވެ. އަދި މެންދުރު ކެއުމުގައި ކަނީ ޗިކަން ސެލެޑާއި ޕްރޮޓީން ބާރ ކަމަށެވެ. އަދި ރޭގަޑުގެ ކެއުމުގައި ކަނީ ޕްރޮޓީން ޕޭންކޭކަކާއި ޗިކަލް ސެލްޑް ކަމުގައި ބުނެފައި ވެ އެވެ. އަދި އޭނާ އަކީ ކުރިން ބާގާ އަށާއި ޕޭންކޭކަށް އިންތިހާއަށް ލޯބިކުރި މީހެއް ކަމަށްވެސް ބުނެފައި ވެ އެވެ.
ކެއުން ވަކިގޮތަކަށް ބައްޓަންކުރުމުގެ އިތުރުން އޭނާ ދިޔައީ ކަސްރަތުވެސް ކުރަމުން ކަމަށް ބުނެފައި ވެ އެވެ. އެގޮތުން ހަފްތާގެ ހަ ދުވަހު ތިން ފަހަރު ނުވަތަ ހަތަރު ފަހަރު ހީޓް ކާޑިއޯ ކުރިއަށްގެންދިޔަ ކަމުގައިވެސް ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް