މަކުނުދޫގައި އެއް ޖިންސުން ގުޅުން ހިންގި ފިރިހެނަކު ހައްޔަރުކޮށްފި

ހދ. މަކުނުދޫގައި އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާއިން ބުނީ އެ ރަށުގައި އެއް ޖިންސުން ދެ ފިރިހެނަކު ގުޅުން ހިންގާ ކަމުގެ މައްސަލައެއް ފުލުހުންނ...

25 Jun 2020 | 08:37

ހދ. މަކުނުދޫގައި އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ އެ ރަށުގައި އެއް ޖިންސުން ދެ ފިރިހެނަކު ގުޅުން ހިންގާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅި އިއްޔެ ހަވީރު 6:00 ހާއިރު ކަމަށެވެ.

މި މައްސަލައިގަ އެ ރަށުން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލަ ފުލުހުން ބަލަން ފަށާފައި މިވަނީ އެ ރަށުގައި އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމަށް ގޮވާލާ އިއްޔެ މުޒާހަރާ ކޮށްފައިވަނިކޮށެވެ. އެމީހުން ވަނީ އެމީހުން ހައްޔަރރު ކުރަންދެން މުޒާހަރާ ކުރާނެ ކަމަށް ބުނެފައި އެވެ.

އެ މައްސަލަ ފެންމަތިވީ މީގެ ތިން ދުވަސްވަރު ކުރިން އާންމު ވީޑިއޯއަކާއި ގުޅިގެންނެވެ. އެ ރަށު މީހުން ބުނެފައިވާގޮތުގައި އެ ވީޑިއޯގައި އެއް ޖިންސުން ގުޅުން ހިންގި މީހުންނަކީ ކޮންބައެއްކަން ރަނގަޅަށް އެނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް