ރައީސް މައުމޫން ރައީސް އިބޫއަށް: ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުން ލާޒިމް

ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމުގައި ކުރީގެ ރައިސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސ...

25 Jun 2019 | 16:16

ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމުގައި ކުރީގެ ރައިސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ޓްވިޓާ އެކައުންޓްތައް ޓެގްކުރައްވައި މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

"ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ރައްކާތެރި ކުރުމަށާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ހަމަ ލާޒިމް ކަމެއް" ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން މި މޭރުމުން ޓްވީޓެއް ކުރައްވާފައިވާއިރު އިސްލާމިކް ޔުނިވާސިޓީ، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަށަށް ގެންދިއުމަށް ފެންނަފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައެއް މެމްބަރުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް މައުމޫންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުވެސް ވަނީ އެކަމާއި ދެކޮޅަށް ހިޔާލު ފާޅުކުރައްވާފައެވެ. އިސްލާމިކް މިނިސްޓަރު ވިދާޅުވީ އިސްލާމީ ޔުނިވާސިޓީއާއި ޤައުމީ ޔުނިވާސިޓީއަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ، މަތީ ތައުލީމުދޭ މުހިއްމު ދެ މުއައްސަސާ ކަމަށެވެ.

އެ ދެ ޔުނިވާސިޓީ ތަރައްޤީ ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމުގައިވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް