މިނިސްޓްރީ އޮފް ފިނޭންސް އިން ދެމުންދާ މުޙިއްމު ހަ ޚިދުމަތެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތް ދޭން ފަށައިފިކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ މި ޕޯޓަލްތައް ލޯންޗުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ތަރައްޤީކޮށް ދޭން ފެށި ޚިދުމަތްތަކުގެ ތެރޭގައި، ފައިސާ ދައްކާ ފަރާތްތަކަށް އެސް.އެމް.އެސް ނުވަތަ އީމެއިލް މެދުވެރިކޮށް ނޮޓިފިކޭޝަން ލިބޭނެ ނިޒާމަކާއި، ދަޢުލަތުގެ މުވައްޒަފުންގެ ރަޖިސްޓްރީ ބެލޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.
ދަޢުލަތުގެ އެކައުންޓިންގ ސިސްޓަމްގައި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ރަޖިސްޓްރީ ކުރާ ޕްރޮސެސް ވަނީ އޮޓޮމޭޓް ކޮށްފައި ކަމަށާއި، ދައުލަތުގެ ކުންފުނިތަކުގެ ގޭޓްވޭ ތަރައްޤީކޮށްފައި ވާކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހިމެނޭ ޕޯޓަލް އެއް ގާއިމުކޮށް، ސަރުކާރު އޮފީސްތަކުން ބަޖެޓަށް ބަދަލު ގެނައުމާއި، ބަޖެޓަށް ފައިސާ އިތުރުކުރުމާއި ގުޅޭ މޮޑިއުލެއް ވަނީ ގާއިމުކޮށްފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ، ތަރައްޤީކުރެވުނު މި ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަ ވެގެން ދާނެ ކަމަށާއި، މި ޕޯޓަލްތައް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ބަލާލެވެނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް