ހުޅުމީދޫ އިން މަސްތުވާތަކެއްޗާއި އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫ އިން މަސްތުވާތަކެއްޗާއި އެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 20:00 ގައި އެރަށުން ފުލުހުން ހައްޔަރުކޮށްފައި ވަނީ، އުމުރުން 20 އަހަރުގެ އަންހެނަކާއި، ...

25 Jun 2019 | 08:39

އައްޑޫ ސިޓީ ހުޅުމީދޫ އިން މަސްތުވާތަކެއްޗާއި އެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 20:00 ގައި އެރަށުން ފުލުހުން ހައްޔަރުކޮށްފައި ވަނީ، އުމުރުން 20 އަހަރުގެ އަންހެނަކާއި، 27 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެ ފިރިހެނެކެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން މި ހަތަރު މީހުން ހައްޔަރުކޮށް، މި މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 104 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 20 އަހަރުގެ އަންހެންމީހާއާއި، 29 އަހަރުގެ މީހާގެ އިތުރުން، 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައެވެ. ނަމަވެސް 27 އަހަރުގެ މީހާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން، 15 ދުވަހު ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް