އުރީދޫ ކަލަރ ރަންގެ އެކްސްޕޯ އައްޑޫ ސިޓީ އިން

އުރީދޫ ކަލަރ ރަން މިފަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކަލަރ ރަންގެ އެކްސްޕޯ ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. މިއަހަރުގެ ކަލަރ ރަންގައި ރެޖިސްޓަރ ވެފައިވާ ފަރާތްތ...

25 Jun 2019 | 06:41

އުރީދޫ ކަލަރ ރަން މިފަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކަލަރ ރަންގެ އެކްސްޕޯ ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ.

މިއަހަރުގެ ކަލަރ ރަންގައި ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށް މިމަހުގެ 25 އަދި 26 ވަނަ ދުވަހު އެކްސްޕޯ ބޭއްވިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އެކްސްޕޯގެ ފުރަތަމަ ދުވަހަކީ މިއަދަށް ވާއިރު، އީކިއުއޭޓަރ ވިލެޖްގެ ބްލޫ ލެގޫން ގައި، މިއަދު މެންދުރުފަހު 2:00 އަކުން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އަކުން 10:00 ގެ ނިޔަލަށް ކިޓް ހަވާލުކުރުން އޮންނާނެއެވެ. 26 ޖޫން (މާދަމާ) ސ. ހިތަދޫ ޔޫތް ސެންޓަރުގައި، ހެނދުނު 10:00 އަކުން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް ކިޓްތައް ހަވާލުކުރުން އޮންނާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

ކިޓްތައް ބައްލަވައިގަތުމަށް ވަޑައިގަންނަވާއިރު ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެއެވެ. އުރީދޫ އިން ބުނީ، ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެއެވެ. އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެ ކަމަށެވެ.

އުރީދޫ ކަލަރ ރަން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގައި ބޭއްވޭއިރު، ކަލަރ ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް