ބަހްރެއިންގެ ގައުމީ އެއާލައިން " ގަލްފް އެއާ" ގެ ދަތުރުތައް އޯގަސްޓް މަހު ތެރޭ ރަސްމީކޮށް ފަށާނެކަމަށް އިއުލާން ކޮށްފިއެވެ.
މިކަން ހާމަކޮށްފައިމިވަނީ ނިމިދިޔަ ހަފްތާގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޕާޓްނާޝިޕް ފޯރަމްގައި ބަހްރެއިން ސަރުކާރުގެ ސީނިއާ އޮފިޝަލެކެވެ. މީގެ އިތުރުން މި ކަމުގެ އިތުރު މައުލޫމާތު ތައް ހާމަކުރައްވާ ގަލްފް އެއާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަންނަ އޯގަސްޓްމަސް ތެރޭ ރާއްޖެއަށް ދަތުރުތައް ކުރަން ފަށަން ނިންމާފައިވާ ކަމަށާއި އެގޮތުން ހަފްތާއަކު ފަސް ފްލައިޓް ބާއްވަން ނިންމާފައި ވާކަމަށެވެ.
ގަލްފް އެއާ އިން ބުނެފައިވާ ގޮތުގައި މި ފްލައިޓް ބަހްރެއިން އިންޓަނޭޝަލް އެއާޕޯޓުން ފުރާނީ އެ ގައުމުގެ ގަޑިން ރޭގަނޑު 11:20 ގައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާނީ ރާއްޖެ ގަޑިން ހެނދުނު 6:25 ގަ އެވެ. އަދި ރާއްޖޭގެ ގަޑިން ހެނދުނު 7:25 ގައި ސްރީލަންކާގެ ކޮޅުނބަށް ފުރާނެ އެވެ. އަދި މި ފްލައިޓު ލަންކާ ގަޑިން 4.55 ގައި އެގައުމުން ރާއްޖެ އެނބުރި އަންނަން ފުރާ ފްލައިޓު 5.53 ގައި ރާއްޖެ ޖެއްސުމަށްފަހު 6:55 ގައި ފަސިންޖަރުން ގޮވައިގެން އެނބުރައި ބަހްރެއިން އަށްދާނެ އެވެ. އަދި އެ ގައުމަށް ޖައްސާނީ ބަހްރެއިން ގަޑިން ރޭގަނޑު 10:05 ގަ އެވެ.
ރާއްޖެ އަށް ފަށާ މި ދަތުރުތަކުގައި ގަލްގް އެއާއިން ބޭނުންކުރާނީ އެ އެއާލައިންއާ މުޅިން އަލަށް ގުޅުނު އެއާބަސް އޭ 320 މަރުކާގެ ބޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް