ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަށުން އިސްލާމިކް ޔުނިވާސިޓީ ހިންގުމަށް ރައްޔިތުން މަޖިލީހުގެ ގިނަ މެމްބަރުން ތާއިދު ކުރެއްވި ނަމަވެސް އެފަދައިން އެދެ ޔުނިވާސިޓީ ހިންގުމުގެ ބަދަލުގައި އެ ދެ ޔުނިވާސިޓީ ވަކި ދެތަނެއްގެ ގޮތުގައި ހަރުދަނާކޮށް ތަރައްގީ ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ މިނިސްޓާރ ޒާހިރު ކުރެއްވި ޓުވީޓުގައިވަނީ އިސްލާމިކް ޔުނިވަސިޓީ އާއި ގައުމީ ޔުނިވަސިޓީ އަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ ތައުލީމު ދޭ މުހިއްމު ދެ މުއައްސަސާއެއް ކަމަށެވެ. އަދި އެ ދެ ޔުނިވާސިޓީ ވަކި ދެ ޔުނިވަސިޓީގެ ގޮތުގައި ހަރުދަނާކޮށް ތަރައްގީ ކުރެވެން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި އިސްލާމިކް ޔުނިވަސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ގިނަ މެމްބަރުން ތާއީދު ކޮށް އިއްޔެ ބަހުސް ކުރި އެވެ. މި އިސްލާހުތަކުގައި މައިގަނޑު ގޮތެއްގައި ވަނީ އެ ދެ ޔުނިވާސިޓީގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ހުށަހަޅައިފަ އެވެ. ބަހުސުގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އިސްލާމިކް ޔުނިވާސިޓީ ހަދަން ވާހަކަ ދައްކަވާ ތާއީދު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް