އެއްވެސް ދަތިކަމެއް ނެތި އިންޑިއާއިން ކާބޯތަކެތި ލިބޭނެ: މިނިސްޓްރީ

އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތީގެ ކޯޓާ ދަށް ކުރިޔަށް އެއްވެސް ދަތިކަމެއް ނެތި އެތަކެތި ލިބޭނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނި...

25 Jun 2018 | 13:16

އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތީގެ ކޯޓާ ދަށް ކުރިޔަށް އެއްވެސް ދަތިކަމެއް ނެތި އެތަކެތި ލިބޭނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް، އަންނަ އަހަރު ވެސް އިންޑިއާ އިން ރާއްޖެ އަށް ކޯޓާ ހަމަޖައްސައި ދީފައިވާ ކަމަށެވެ. އަދި ހަމަޖައްސައިދީފައިވާ ކޯޓާގެ އަދަދަށް އެއްވެސް ދަތިކަމެއް ނެތި އެ ތަކެތި ރާއްޖެއަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަވީޝް ކުމާރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ، ރާއްޖެ އަށް ދީފައިވާ ކޯޓާއާ ބެހޭ ގޮތުން ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އިންޑިއާ އާއި ދިވެހިންނާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި ދިވެހިންނަށް އެއްވެސް ކަމެއް ދަތިވިޔަ ނުދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ވަޔާގައި ބުނެފައިވަނީ އިންޑިއާއިން ކޯޓާއަށް ބަދަލު ގެނައީ ރާއްޖެ އިން މިދިޔަ ތިން އަހަރު އެ ބާވަތްތައް ބޭނުންކުރި މިންވަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ކޯޓާ ކަނޑައެޅުމުގައި މިދިޔަ އަހަރުން ފެށިގެން ބަލަނީ ރާއްޖެ އިން ބޭނުންވެގެން ހުށަހަޅާ މިންވަރަށް ކަމަށް ބުނެފައިވެ އެވެ.

ކޯޓާ އެންމެ ދަށްކޮށްފައިވަނީ ފުށް، ހަކުރު، ހަނޑޫ އިންނެވެ. ދެން ކޯޓާ ދަށްކޮށްފައިވަނީ ފިޔާ، އަލުވި ބިސް އަދި ހަވާދުގެ ބާވަތްތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް