މިއީ ބަރުދަނުން 42 ކިލޯ ލުއި ކޮށްލި އަންހެނެއް

ނަމަކީ އަނުޕްރިޔާ ރާގަވް އެވެ. އައިޓީ އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ މި އަންހެން މީހާއަކީ އުމުރުން 34 އަހަރުގެ ކަނބަލެކެވެ. ކުރިން އޭނާގެ ބަރުދަނަކީ 110 ކިލޯ އެވެ. އެއް އަހަރު ...

25 Jun 2018 | 08:39

ނަމަކީ އަނުޕްރިޔާ ރާގަވް އެވެ. އައިޓީ އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ މި އަންހެން މީހާއަކީ އުމުރުން 34 އަހަރުގެ ކަނބަލެކެވެ. ކުރިން އޭނާގެ ބަރުދަނަކީ 110 ކިލޯ އެވެ. އެއް އަހަރު ދުވަހުގެ މަސައްކަތުން އޭނާ މިވަނީ ބަރުދަނުން 42 ކިލޯ ލުއިކޮށްލާފަ އެވެ. އަދި އިންޑިއާގެ ބޮޑެތި ނޫސްތަކުގެ ސުރުހީން ޖާގަ ހޯދާފަ އެވެ.

އޭނާ ބަރުދަން ލުއިކޮށްލަން މަސައްކަތް ކުރި ގޮތުގެ ތަފްސީލު ޓައިމްސް އޮފް އިންޑިއާއަށް ކިޔާދީފައި ވެ އެވެ.

އަނުޕްރިޔާ ބުނެފައިވަނީ އޭނާ ހެނދުނު ކަނީ ފެނު ކެއްކި ތިން ބިހާއި 20 ގްރާމްގެ އަލްމަންޑް ކަމަށެވެ. އަދި ހެނދުނު ކެއުމާއެކު ކޮފީތައްޓެއްވެސް ބޯލާ ކަމަށެވެ. މެންދުރު ކެއުމުގައި ކަނީ 100 ގްރާމްގެ ބޯންލެސް ކުކުޅާއި 200 ގްރާމްގެ ތަރުކާރީ އަދި ކާޑް ކަމަށް އޭނާ ބުނެފައި އެވެ. އަދި ރޭގަނޑު ނާސްތާ އަށް ކަނީ 100 ގްރާމްގެ ބަތާއި 40 ގްރާމްގެ މުގު އަދި 100 ގްރާމްގެ ޕަނީރު ކަމަށްވެސް ބުނެފައި ވެ އެވެ.

އޭނާ ބުނެފައިވަނީ ކެއުން ވަކިގޮތަކަށް ބައްޓަން ކުރުމަށްފަހު ހަފްތާގެ ހަ ދުވަހު 90 މިނެޓްގެ ޒީރޯ ކާޑިއޯ ކަސްރަތެއްވެސް ކުރާ ކަމަށެވެ.

އަނުޕްރިޔާ އޭޏާޣެ ކާމިޔާބީއާއިމެދު އިތުރަށް ބުނެފައިވަނީ ބަރުދަން ލުއި ކޮށްލެވުނީ މެދުކެނޑުމެއްނެތި އެއް ގޮތެއްގައި ކެއުން ބައްޓަން ކޮށްގެން ކަމަށާއި ބަރުދަން ލުއިކޮށްލެވި ލޫޅާފަތި ހަށިގަނޑެއް ލިބުމުން އުފާވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް