ސަފާރީއަކަށް ދޫކުރި ބަނގުރާތަކެއް ރިސޯޓަކަށް ގެންދިޔަ މައްސަލަ ބަލަނީ

ބޮންޑެޑް ވެއާ ހައުސްއިން ސަފާރީއަކަށް ދޫކުރި ބަނގުރަލުގެ ޝިޕްމެންޓެއް ރިސޯޓަކަށް ގެންދަނިކޮށް ހިފަހައްޓައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނި ދަތުރުކުރަމުން ދިޔައީ ވިލާ ގްރޫޕުގެ ޕެރަޑައިސް...

25 Jun 2018 | 06:35

ބޮންޑެޑް ވެއާ ހައުސްއިން ސަފާރީއަކަށް ދޫކުރި ބަނގުރަލުގެ ޝިޕްމެންޓެއް ރިސޯޓަކަށް ގެންދަނިކޮށް ހިފަހައްޓައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނި ދަތުރުކުރަމުން ދިޔައީ ވިލާ ގްރޫޕުގެ ޕެރަޑައިސް އައިލެންޑް ރިސޯޓަށެވެ. އެ ދޯނި ހިފަހައްޓާފައިވަނީ ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ.

ކަސްޓަމްސްއިން ރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސަފާރީއަކަށް ދޫކުރި ރަލުގެ ޝިޕްމެންޓެއް ރިސޯޓަކަށް ގެންދާކަމުގެ މައުލޫމާތު ލިބިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެކަމަކު އެއީ ކިތައް ކޭސް ރާ ކަމެއް އަދި ގެންދަނީ ކޮން ރިސޯޓަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ކަސްޓަމްސް އިން ހިންގި އޮޕަޜޭޝަނެއްގައި ބައިވެރިވި ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

https://twitter.com/CustomsMv/status/1010949568681218048

ޕެރަޑައިސްގެ އިތުރުން ވިލާގެ ތިން ރިސޯޓަކަށް ދޫކޮށްފައިވާ ބަނގުރަލާ އޫރުމަސް ވިއްކުމުގެ ހުއްދަ މީގެ ކުރިން ވަނީ ބާތިލް ކޮށްފައި އެވެ. ވިލާގެ ފަސް ރިސޯޓުގެ ތެރެއިން ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ރޯޔަލް އައިލެންޑު ރިސޯޓަށެވެ.

އެ ރިސޯޓަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން ވިލާގެ އެހެން ރިސޯޓުތަކަށް ބަނގުރަލާއި އޫރުމަސް ގެންގޮސްފައިވާ ކަމަށް ބުނެ ކަސްޓަމްސް އިން ވަނީ އޮޕަރޭޝަނެއް ހިންގައި، ހުއްދަ ނެތް ރިސޯޓުތަކުގައި ހުރި ރާ ކޭސްތަކެއް ގެންގޮސްފައި އެވެ.

އެކަމަކު މިދިޔަ ޖެނުއަރީ މަހު ވަނީ އެ ރިސޯޓުތަކަށް ވެސް ބަނގުރަލާއި އޫރު މަސް އެތެރެ ކުރުމުގެ ވަގުތީ ހުއްދައެއް ދީފަ އެވެ. އެ ހުއްދަ ދާއިމީ ކޮށްދިން ކަމެއް ނުވަތަ މުއްދަތު ހަމަވި ކަމެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް