މާލޭގައި ބައްޕަ އާއި ވަކިން ދަރިފުޅު ގޮވައިގެން އުޅޭ އަންހެނަކު އެ ދަރިފުޅަށް އަނިޔާކުރި މައްސަލައިގަ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މައްސަލައިގަ ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާ މަންމަ ކައިރީ އުޅެނީ ދެމަފިރިން ވަރިވެފައިވާތީ އެވެ. އަދި މީގެ ކުރިންވެސް އެ ކުއްޖާއަށް މަންމަ އަނިޔާކޮށްގެން އެ މައްސަލަ ފުލުހުން ބަލާފައިވެ އެވެ.
މިފަހަރު މައްސަލަ ރިޕޯޓު ކުރިކަމަށް ވަނީ އަމިއްލަ ފަރާތަކުންނެވެ. އެ ކުއްޖާއަށް އަނިޔާ ކުރުމުގެ ސބަބަުން ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް އޭގެ ތަފްސީލެއް ނޭނގެ އެވެ.
އެ ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ޖެންޑާ މިނިސްޓްރީން ވަނީ ކުއްޖާ އާއި ހަވާލުވެ އާއިލާގެ އެހެން މީހަކާއި އެ ކުއްޖާ ހަވާލުކޮށްފައި އެވެ.
މީގެ ތިން އަހަރު ކުރިން، ވ. ރަކީދޫގައި މަންމަ އަކު ވަނީ އޭނާގެ ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ދީ މަރާލާފަ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް