ގެޓް ސެޓް ލޯން ގެ ތިންވަނަ ބުރު ގެ ފޯމްތައް ބަލައިގަންނަން ފަށައިފި

ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަމުން އަންނަ ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ ބޭނުމުގައި ގެޓް ސެޓް ލޯން ގެ ތިންވަނަ ބުރު ގެ ފޯމްތައް ބަލައިގަންނަން ފަށައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ނެރު...

25 Jun 2018 | 05:21

ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަމުން އަންނަ ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ ބޭނުމުގައި ގެޓް ސެޓް ލޯން ގެ ތިންވަނަ ބުރު ގެ ފޯމްތައް ބަލައިގަންނަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ވާގޮތުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 ޖެހުމާ ހަމައަށް ފޯމް ބަލައިގަތުން ކުރިއަށް ދާނެ ކަމަށެވެ.

ގެޓްސެޓް ލޯނަށް އެދި ހުށައަޅާ ފޯމް ބަލައިގަތުން ކުރިއަށްދާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިކޮނޮމިކް  މިނިސްޓްރީގެ ކައުންޓަރުތަކުންނެވެ. އަދި ފޯމް ބަލައިގަތުންމަށް ނަމްބަރު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން 13:00 އަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

ސަރުކާރުން ފެށި މި ގެޓްސެޓް ޕްރޮގްރާމުގެ ދަށުން އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯން ދޫކުރަން ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް