އިއްޔެ އަކީ ތާރީހުގައި ޒަމާން ތަކަކަށްފަހު ސައުދީ ކަނބަލުން ވެހިކަލް ދުއްވުމުގެ ހުއްދަ ދިން ދުވަސް ކަމުގައިވާއިރު ކަނބަލުންގެ ލައިސަންސަށް ވަރަށް ޑިމާންޑް ބޮޑު ކަމުގައި ސައުދީން ބުނެފި އެވެ.
ސައުދީން މިހެން ބުނެފައިވަނީ ދާހިލީ ވުޒާރާ އާއި ޓްރެފިކް ޑިޕާޓްމެންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
ދާހިލީ ވުޒާރާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް މަންސޫރު އަލް ތުރްކީ ބުނެފައިވަނީ މިހާރުވެސް 120،000 ކަނބަލުން ލައިސަންސަށް އެދިފައިވާކަމަށެވެ. އޭނާ ބުނީ ޓްރެފިކް ބެލެހެއްޓުމަށް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި 40 ކަނބަލުން ނެރުމަށްވެސް ނިންމާފައިވާކަމަށެވެ.
ސައުދީގައި ޒަމާންތަކަކަށްފަހު ކަނބަލުންނަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދީފައިވާއިރު މި ފަހަކަށް އައިސް ސައުދީން އަންނަނީ އަންހެނުން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް