ދެވަނަ ދައުރަކަށް ތުރުކީގެ ރައީސް ކަމަށް އުރުދުޣާން އިންތިހާބު ވެއްޖެ

ތުރުކީގައި އިއްޔެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވާއިރު އެގައުމުގެ މިހާރުގެ ރައިސް ރިސިޕް ތައްޔިޕް އުރުދުޣާން ދެވަނަ ދައުރަކަށް އިންތިހާބު ވެއްޖެ އެވެ. ރަސްމީ ނަތީޖާ އަދި އިއުލާނު ކޮ...

25 Jun 2018 | 04:29

ތުރުކީގައި އިއްޔެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވާއިރު އެގައުމުގެ މިހާރުގެ ރައިސް ރިސިޕް ތައްޔިޕް އުރުދުޣާން ދެވަނަ ދައުރަކަށް އިންތިހާބު ވެއްޖެ އެވެ.

ރަސްމީ ނަތީޖާ އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ. ނަމަވެސް އިލެކްޝަން އޮތޯރިޓީގެ ޗީފް ސާދީ ގުވެން ބުނެފައިވަނީ ސައްހަ ވޯޓުގެ ފުރިހަމަ އަގުލަބިއްޔަތު އުރުދުޣާން އަށް ލިބިފައިވާކަމަށެވެ.

ތުރުކީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާގޮތުގައި އިންތިހާބުގައި އުރުދުޣާން އަށް 53 އިންސައްތަ ވޯޓު ލިބިފައި ވެ އެވެ. އިދިކޮޅު ކެނޑިޑޭޓް މުހައްރަމް އިންސް އަށް ލިބިފައިވަނީ 31 އިންސައްތަ ވޯޓް ކަމުގައި ބުނެފައި ވެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއާއިމެދު އިދިކޮޅުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ. އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނީ އަންނަ ހުކުރު ދުވަހުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް