ބޮޑާވެގަތުމަކީ ނިއުމަތްތައް ގެއްލިދާކަމެއް ކަމުގައި މިނިސްޓަރު މަހްލޫފަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.
މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައވަނީ ވަކި މީހަކަށް ތާއީދު ކުރުމަކީ އަދި ނުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ނަޝީދުގެ ހިލާލުފުޅުވެސް ތަފާތުވެދާނެކަމަށެވެ.
"އެއީ އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަންޖެހޭ ކަމެއްނޫން، ތަފާތު ހިލާލުތަކަށް ޖާގަދޭން ދިވެހިންނަށް ދަސްކޮށްދިނީ އެމްޑީޕީ" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މަހްލޫފް މި ޓްވީޓް ކުރައްވާފައިވަނީ 19 ވަނަ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ފަސް މެމްބަރަކު ވާދަކުރައްވާއިރު އެކަމުގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
މަހްލޫފްގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ޕީޕީއެމް އަދި ޕީއެންސީގެ ވޯޓު ބޭނުން ނުވާކަމަށެވެ. ނިހާން ރައްދުދެއްވާފައިވަނި މަހްލޫފްގެ އެ ވާހަކަފުޅަށެވެ.
"އިއްޒަތްތެރި ވަޒީރެވެ، ބޮޑާވެގަތުމަކީ ނިއުމަތްތައް ގެއްލިދާކަމެކެވެ" ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/ahmed_nihan/status/1132232444910788609
ނިހާންގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމް އަދި ޕީއެންސީ މަޖިލީހުގައި މެމްބަރުގެ އަދަދުގެ ގޮތުން މަދުނަމަވެސް އެއީވެސް ރައްޔިތުންގެ އަޑު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް