މިސްޓަރ މޯލްޑިވްސް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2020" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަ...

25 May 2019 | 10:10

ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2020" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އެސޯޝިއޭޝަނުން ބުނެފައިވާގޮތުގައި މި މުބާރާތް ބޭއްވުމަށް ބޭއްވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

"އެހެންފަހަރު ތަކާއި ހިލާފަށް، އެސޯސިއޭޝަންގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާ އަހަރު ކަމުގައިވުމުން، މުބާރާތް ވީހާވެސް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެސޯސިއޭޝަނުން ބޭނުންވެއެވެ. މުބާރާތުގައި ބައިވެރި ވެވޭނީ ދިވެހިފަރުދުނަށެވެ." އެ އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2020" ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މުޅިރާއްޖެއަށް ހުޅުވާލެވިފައެވެ.

އަމިއްލަ ފަރުދުންނަށާއި ޖިމް ތަކަށާއި ޖަމިއްޔާތަކަށާއި ރާއްޖޭގެ ރިސޯޓުތަކަށް މި މުބާރާތުގައި ބައިވެރިވެވިދާނެ ކަމަށް ބުނެފައިވެއެވެ. އިތުރަށް ބުނެފައިވާގޮތުގައި މުބާރާތުގެ ރަޖިސްޓްރޭޝަން 26 މެއި 2019 (އާދިއްތަ) ދުވަހުންފެށިގެން އާންމުކޮށް ހުޅުވާލެވޭނެއެވެ.  އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިހަމަވާނީ 1 މާރޗް 2020 ވާ (އާދިއްތަ) ދުވަހުގެ 14:00 އެށެވެ.

އެދުވަހުގެ ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހުށަހަޅަންވާނެ ކަމަށާއި އަދި ހުށަހަޅަ ފޯމް ގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ކަމުގައިވެސް ބުނެފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ، ރެޖިސްޓްރޭޝަން ފޯމް އެސޯސިއޭޝަނުން ލިބެންހުންނާނެ ކަމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7812226 މޯބައިލް އާއި ގުޅުން އެދޭކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް