ރާއްޖެއަށް މިހާރު ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި އެލާޓްގައި ބުނެފައިވާގޮތުގައި މިއަދު މެންދުރުފަހު 2:35 އާއި ހަވީރު 5:15 އާއި ދެމެދުގެ ވަގުތުތަކުގައި ހއ. އަތޮޅާއި ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް ބުނެފައިވެއެވެ.
މިއަދު ހަވީރު 06:00 އާއި ހަމައަށް މުޅި ރާއްޖޭގެ މޫސުމަށް ބަލާއިރު މެޓް އޮފީހުން ބުނެފައިވާގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑޫގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި ކަނޑު އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް