ޢީދުގެ ފޮޓޯ ސޯޝަލް މީޑިޔާގައި ހިއްސާކޮށްގެން 5000 ރުފިޔާ ލިބުމުގެ ފުރުސަތު

ޢީދުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ހިއްސާކޮށްގެން ތިން ބޭފުޅަކަށް 5000 ރުފިޔާ ލިބޭ ހަރަކާތެއް ބޭންކް އޮފް މޯލްޑިވްސް އިން ފަށައިފިއެވެ. ޢީދު ކިހިނެއް، މި ނަމުގައި ކުރިޔަށް ގެންދާ މި ހަރަކާތުގައި ބައިވެ...

25 May 2019 | 08:13

ޢީދުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ހިއްސާކޮށްގެން ތިން ބޭފުޅަކަށް 5000 ރުފިޔާ ލިބޭ ހަރަކާތެއް ބޭންކް އޮފް މޯލްޑިވްސް އިން ފަށައިފިއެވެ.

ޢީދު ކިހިނެއް، މި ނަމުގައި ކުރިޔަށް ގެންދާ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބައޮތެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ހަދަން ޖެހޭ ގޮތަކީ، އެމީހަކު އީދު ފާހަގަ ކުރާ ފޮޓޯއެއް ނަގާފައި ސޯޝަލް މީޑީޔާގައި ޕޯސްޓް ކުރާށެވެ. ފޮޓޯ ޕޯސްޓު ކުރާއިރު #EidKihineh ޖަހަން ޖެހެއެވެ.

ބީއެމްއެލްގެ ޓްވިޓާ އެކައުންޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހުރިހާ އެންމެންވެސް އީދު ފާހަގަ ކުރާ ފޮޓޯތައް ހިއްސާކުރަން ތައްޔާރު ތިބުމަށެވެ. ފޮޓޯ ޕޯސްޓުުކުރެވޭނީ މިފެށޭ ޖޫން މަހުގެ 4 އިން 6 އާއި ދެމެދުއެވެ. އަދި މި ހަރަކާތުގެ ނަތީޖާ އިޢުލާނު ކުރާނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް